މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރައްޔިތުންނާއި ބައްދަލުކުރުން

4 ޖުލައި 2023      10 months ago


ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ޖުލައިމަހު ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުން 10 ޖުލައި 2023 ވަނަ ދުވަހު 20:30 ގައި ކޮޅުފުށީ ޕްރީސްކޫލުގައި އޮންނާނެއެވެ. މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

  1. 2024 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލު (ވޯކްޕްލޭން) ރައްޔިތުންނާއި ހިއްސާކުރުން
  2. 2024 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓް ރައްޔިތުންނާއި ހިއްސާކުރުން
  3. 2023 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލުން ކުރި މަސައްކަތުގެ ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުން
  4. ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުން

ވީމާ، މިބައްދަލުވުގައި ބައިވެރިވެލެއްވުމަށް ރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/38

ޕަބްލިޝް ކުރި ތާރީޚް: 04/07/2023

ސުންގަޑި: 2023-07-10 20:30:00