މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

9 ޖުލައި 2023      9 months ago


މިއިދާރާއިން ގޯތިދޫކޮށްފައިވާ ސަރަޙައްދުގައި (ދުންފިނި ގޯތީގެ ދެކުނާއި އިރުން) އަލަށްހެދުމަށް ކަނޑައަޅާފައިވާ މަގުތަކަށް އަރާ (ތިރީގައިވާ ޗާޓުގައި ރީނދޫ ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދު) ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި، އެ ރުއްގަހުގައި ވާނީ ރަތްކުލައިގެ ދަވާދުން ނަންބަރު (ބޮޅު ތެރޭގައި) ޖަހާފައެވެ.

ވީމާ، ރަތްކުލައިގެ ދަވާދުން ފާހަގަކޮށްފައިވާ (ބޮޅު ތެރޭ ނަންބަރު ޖަހާފައި) ރުއްގަހުގެ ވެރިފަރާތެއްވާނަމަ 16 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. އަދި އެސަރަޙައްދުގައި ހުރި، ނަގައިގެން ގެންދެވޭވަރުގެ ރުއްގަހުގެ ވެރިފަރާތްތަކުން އެތަކެތި އިސްވެދެންނެވުނު މުއްދަތުގެތެރޭގައި އެތަނުން ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން ޙަވާލުނުވާ ރުއްގަހަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ތަކެތި ކަމުގައި ކަނޑައަޅައި، އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/39

ޕަބްލިޝް ކުރި ތާރީޚް: 09/07/2023

ސުންގަޑި: 2023-07-16 12:00:00