މ.ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި "ދުރުރާސްތާ 8" (85 ފޫޓް)، ކުއްޔަށް ދިނުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. ދޯނި ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖުލައި 2023 އިން 23 ޖުލައި 2023 ވަނަ ދުވަހުގެ 14:00 އާއި ދެމެދު (ރަސްމީ ދުވަސްތަކުގައި) މިއިދާރާއަށް ދުރުވެ، ދޯނި ކުއްޔަށް ދިނުމާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ބިޑުފޮތް ބައްލަވައިގަތުން އެދެމެވެ. ބިޑުފޮތެއްގެ އަގަކީ 1,000/- (އެއްހާސް) ރުފިޔާއެވެ.
މީގެއިތުރުން، ބިޑުފޮތް ބައްލަވައިގަތުމަށްފަހު ބިޑު ސެކިއުރިޓީގެ ގޮތުގައި މިއިދާރާއަށް ދައްކަވަންޖެހޭ 20,000/- (ވިހިހާސް) ރުފިޔާ ދެއްކެވުމަށްފަހު، އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމަށް 30 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
ދޯންޏާއިގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6720606 ނުވަތަ 9949797 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ބިޑުފޮތް ބައްލަވައިގަނެފައިވާ ފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.