މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މިކައުންސިލްގެ ވޭން (ވެހިކަލް) ސިޓީލާ ނީލަމުގައި ވިއްކާލުން

22 އޮގަސްޓް 2023      1 year ago


މިކައުންސިލްގެ ވޭން (ވެހިކަލް) ރަޖިސްޓްރީ ނަންބަރު(B1A4795)  ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. ނީލަން ފެށޭއަގަކީ  60,000.00(ފަސްދޮޅަސް ހާސް) ރުފިޔާއެވެ. ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގަކީ  10,000.00(ދިހަ ހާސް) ރުފިޔާއެވެ. ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 31 އޮގަސްޓް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 12:00 ގެ ކުރިން "ވޭން" ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް  https://kolhufushi.gov.mv/ އިން ލިބޭނެއެވެ.

                  ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގެ ކުރިން މިއިދާރާގެ ނޯޓިސް ބޯޑާއި ވައިބަރ ކޮމިއުނިޓީގައި ޢާއްމު ކުރެވޭނެއެވެ. ނީލަމުން ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ. ނީލަމުން ނަންގަވާ އުޅަނދު ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ.

      މިއިދާރާގެ "ވޭން" އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6720606 ފޮނާއި ގުޅުއްވުން އެދެމެވެ.

ވޭން (ވެހިކަލް) ބެހޭ އިތުރު މަޢުލޫމާތު

ރަޖިސްޓްރީ ނަންބަރު:  B1A4795

ރަޖިސްޓްރީ ކުރި ތާރީޚް: 19.08.2007

ހަކަތައިގެ ބާވަތް: ޑީސަލް

ޖާގައިގެ ޢަދަދު: 08

ގެޒެޓް ލިންކް



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/45

ޕަބްލިޝް ކުރި ތާރީޚް: 22/08/2023

ސުންގަޑި: 2023-08-31 12:00:00