މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފެނުގެ ހިދުމަތަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

29 އޮގަސްޓް 2023      7 months ago


މ.ކޮޅުފުށީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމު ގާއިމްކުރުމުގެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްނިމި މިހާރުވަނީ ހިދުމަތްދިނުމަށް ތައްޔާރުވެފައެވެ. މިގޮތުން ރަސްމީކޮށް ހިދުމަތްދޭން ފެށުމުގެ ކުރިން 03 (ތިނެއް) މަސްދުވަހުގެ ޓްރިއަލް އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓްރިއަލް އޮޕަރޭޝަން ކުރިއަށްދާ މުއްދަތުގައި ފެނުގެ ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިހާރު ފެންހޮޅި ގުޅާފައިހުރި ގޭގެއަށެވެ. މިމުއްދަތުގެ ތެރޭގައި މިޚިދުމަތަށް އެދިލައްވާ ފަރާތްތަކުގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. އެހެންނަމަވެސް، ފެން ބޭނުންކުރައްވާއިރު ފެން އިސްރާފު ނުވާނެފަދަ ގޮތަކަށް ބޭނުންކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ފެން އިސްރާފުކުރާކަމަށް ފާހަގަވެއްޖެނަމަ އެގެޔަކުން ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، އަލުން އެޚިދުމަތް ގުޅައިދެވޭނީ ޓްރިއަލް އޮޕަރޭޝަން ނިމުމުން ކަމުގައި ދަންނަވަމެވެ. މީގެއިތުރުން، ޓްރިއަލް އޮޕަރޭޝަން ނިމުމުން އަލަށް ގޭގެއަށް ފެންހޮޅި ގުޅައިދިނުމާއި، ގޭގެއަށް އިތުރު ފެންހޮޅި ގުޅައިދިނުމަށް އެދި ފޯމު ހުށަހެޅޭނެއެވެ.

ވީމާ، މިވަގުތު ފެންހޮޅި ގުޅާފައިހުރި ގެތަކުގެތެރެއިން ފެނުގެ ހިދުމަތް ބޭނުންފުޅުވާ ފަރާތްތަކުން 7 ސެޕްޓެންބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން "ފެނުގެ ޚިދުމަތަށް އެދޭ ފޯމު" ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރަސްމީ ދުވަސްތަކުގައި 9:00 އިން 14:00 އަށެވެ. "ފެނުގެ ޚިދުމަތަށް އެދޭ ފޯމު" މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

ފެނުގެ ޚިދުމަތަށް އެދޭ ފޯމު



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/48

ޕަބްލިޝް ކުރި ތާރީޚް: 29/08/2023

ސުންގަޑި: 2023-09-07 14:00:00