މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

13 ސެޕްޓެމްބަރ 2023      7 months ago


މ.ކޮޅުފުށީގައި އަލަށް  އަޅާ ކުނި މެނޭޖްކުރާ މަރުކަޒުގެ އިރުދެކުނު ކަންމަތީގައި ރަތްކުލައިގެ ދަވާދުން ނުބައި ފާހަގައެއް (ރަސްގެ) ޖަހާފައިވާ ރުކުގެ ވެރިފަރާތް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، ރަތްކުލައިގެ ދަވާދުން ނުބައި ފާހަގައެއް (ރަސްގެ) ޖަހާފައިވާ ރުކުގެ ވެރިފަރާތެއްވާނަމަ 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން މިރުކާއި ހަވާލުނުވާނަމަ، މިރުކަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ރުކެއް ކަމުގައި ކަނޑައަޅައި، ރުއް ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

 

 

 

 

 

 

 

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/52

ޕަބްލިޝް ކުރި ތާރީޚް: 13/09/2023

ސުންގަޑި: 2023-09-20 12:00:00