މުލަކަތޮޅު އަތޮޅު ކައުންސިލާއި މިކައުންސިލް ގުޅިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އިމްތިހާނު 1 އޮކްޓޯބަރ 2021 އިން 30 އޮކްޓޯބަރ 2021އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި އިމްތިހާނުގައި ބައިވެރިވެ ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2021 ގެ 14:00 ގެ ކުރިން 7861172 ނުވަތަ 9949797 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވައި، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.