މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

7 އޮކްޓޯބަރ 2023      6 months ago


މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރުމަށް މިއިދާރާއިން ދޫކޮށްފައިވާ ސަރަޙައްދަށް (މަގާންމަގު ސަރަޙައްދު) އަރާ (ތިރީގައިވާ ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ) ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި، އެ ރުއްގަހުގައި ވާނީ ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.

ވީމާ، ރަތްކުލައިގެ ދަވާދުން ފާހަގަކޮށްފައިވާ (ނަންބަރު ޖަހާފައި) 3 ރުކުގެ ވެރިފަރާތެއްވާނަމަ 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. މީގެއިތުރުން މަސްކައްކާ ސަރަޙައްދަށް ނަރުދަމާގެ ޚިދުމަތް ދިނުމަށްޓަކައި ހޮޅި ވަޅުލުމަށް (ގުޅުމަށް) އެސަރަޙައްދު ކޮންނަން ޖެހޭތީވެ، އެސަރަޙައްދުގައި ހުރި (ތިރީގައިވާ ޗާޓުގައި ނޫ ކުލައިން ފާހަގަކޮށްފައިވާ) ނަގައިގެން ގެންދެވޭވަރުގެ ރުއްގަހުގެ ވެރިފަރާތްތަކުން އެތަކެތި އިސްވެދެންނެވުނު މުއްދަތުގެތެރޭގައި އެތަނުން ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން ހަވާލުނުވާ ރުއްގަހަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ތަކެތި ކަމުގައި ކަނޑައަޅައި، އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2023/58

ޕަބްލިޝް ކުރި ތާރީޚް: 05/10/2023

ސުންގަޑި: 2023-10-12 12:00:00