މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށި ކުޅިސަރަޙަދުން 3 އަހަރު ދުވަހަށް ދަނޑުބިން ކުއްޔަށް ދޫކުރުން

23 ނޮވެމްބަރ 2023      5 months ago


މ.ކޮޅުފުށީ ކުޅިސަރަޙައްދުން (ތިރީގައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ) 03 އަހަރު ދުވަހުގެ މުއްދަތަށް ދަނޑުބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިހާރު ދަނޑު ދޫކުރެވިފައިވާ ސަރަހައްދުން ( ޗާޓުގައި 1 ޖަހާފައިވާ ސަރަޙައްދު) މިބުރުގައި ދޫކުރާނީ 6 (ހަޔެއް) ދަނޑުކަމުގައި ދަންނަވަމެވެ. . މިބުރުގައި ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ފޯމް ހުށަހަޅުއްވައިފިނަމަ، ދަނޑުބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. އަދި އެފަރާތަކަށް ލިބޭ ދަނޑުބިންވެސް (ތަރުތީބު ނަންބަރު) ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. މިބުރުގައި އަލަށް 2 ވަނަ ނަމްބަރ ސަރަޙައްދުން ( ޗާޓުގައި ފާހަގަކޮށްފައިވާ ) ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާތީ އެސަރަޙައްދުގައި އެއްވެސް ފަރާތަކުން ރުއްގަހެއް އިންދާފައިވާނަމަ 3 ޑިސެމްބަރ 2023 (އާދިއްތަ) ދުވަހުގެ 12:00 ގެ ކުރިން އެތަކެތި ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން ހަވާލުނުވާ ރުއްގަހަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ތަކެތި ކަމުގައި ކަނޑައަޅައި، އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.

ދަނޑުބިން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޑިސެމްބަރ 2023 ގެ 13:00 ގެ ކުރިން "ދަނޑުބިން ކުއްޔަށް ނެގުމަށްއެދި ހުށަހަޅާ ފޯމް" ފުރުއްވައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް، މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

 

 

 

 

 

 

 

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2023/68

ޕަބްލިޝް ކުރި ތާރީޚް: 23/11/2023

ސުންގަޑި: 2023-12-05 13:00:00