މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ އަންހެނުންގެ ކުރި ކުއްޔަށް ދޫކުރުން

7 ޑިސެމްބަރ 2023      4 months ago


މ.ކޮޅުފުށީ އަންހެނުންގެ ކުރި ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ބޭނުންވެއެވެ. އަންހެނުންގެ ކުރި އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން 11 ޑިސެމްބަރ 2023 (ހޯމަ) ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 11 ޑިސެމްބަރ 2023 (ހޯމަ) ވަނަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ސާފުކުރައްވާ ކުންފުނި / ވިޔަފާރީގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް info@kolhufushi.gov.mv އަށް އީ-މެއިލް ކުރެއްވުމުން، އަންހެނުންގެ ކުރި އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތު އެފަރާތަކަށް 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

އަންހެނުންގެ ކުރި އިމާރާތް ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2023/80

ޕަބްލިޝް ކުރި ތާރީޚް: 07/12/2023

ސުންގަޑި: 2023-12-14 13:00:00