މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އިދާރީ މުވައްޒަފުންގެ ޙައްޤުގައި ނެރޭ ނޫސްބަޔާން

23 ސެޕްޓެމްބަރ 2021      2 years ago


ނޫސްބަޔާން

ތާރީޚް:

23 ސެޕްޓެމްބަރ 2021

ނަންބަރު:

(PR)367/2021/01

އިދާރީ މުވައްޒަފުންގެ ޙައްޤުގައި ނެރޭ ނޫސްބަޔާން

 

 

 

ކައުންސިލްތަކުން ދިނުމަށް ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ އެންމެހާ ޙިދުމަތްތަކެއް ރައްޔިތުންނަށް ދިނުމަށް މިއިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ މުވައްޒަފުންތަކެކެވެ. ޤާނޫނަށް އައި ބަދަލުތަކާއިގުޅިގެން ކުރިން ދެމުންދިޔަ ހިދުމަތްތަކުގެ އިތުރުން އ.ތ.މ ކޮމިޓީތަކުގެ އެންމެހާ އިދާރީ ކަންކަންވެސް ބަލަހަށްޓަން މިހާރު ޖެހިފައިވަނީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށެވެ. ކަންމިހެންހުރުމުން އޮފީހުގެ ރަސްމީ ވަގުތުތަކުގައި މަސައްކަތްތައް ނުނިމި ނުރަސްމީ ގަޑިތަކުގައި މަސައްކަތްކުރަންޖެހި ދުވާލުގެ ގިނަވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހެއެވެ. މިފަދަގޮތަކަށް ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންތަކަކަށް މަސްނިމި ލިބޭ އުޖޫރައަކީ އެބޭފުޅުން އެކުރައްވާ މަސައްކަތާއި ނުބައްދަލު، ކުޑަ އެޖޫރައެއްކަމުގައި  މިކައުންސިލުން ދެކެމެވެ.

            ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ޙަޤީޤީ މޭސްތިރިންނަކީ އެއޮފީހެއްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުން ނުވަތަ އިދާރީ މުވައްޒަފުންނަށް ވީހިނދު، އެބޭފުޅުންނަށް ދެވޭ މުސާރައަކީ އެކުރައްވާ މަސައްކަތާއި އެކަށީގެންވާ އުޖޫރައަކަށް ވާންޖެހެއެވެ. މިގޮތުން އަލަށް ކަނޑައެޅޭ މިނިމަމް ވޭޖަކީ ހަމައެކަނި އަސާސީ މުސާރަ ކަމުގައި ކަނޑައަޅުއްވައިދެއްވާ، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގައި މުވައްޒަފުންނަށް ސެޓްފިކެޓް އެލަވަންސާއި، އަހަރީ ބޯނަސް އަދި ސްޓެޕް އެލަވަންސް ހިމަނުއްވާ ތަފާތުކުރުން ނައްތާލުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: (PR)367/2021/01

ޕަބްލިޝް ކުރި ތާރީޚް: 23/09/2021

ސުންގަޑި: 2024-05-10 06:15:51