މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރައްޔިތުންނާއި ބައްދަލުކުރުން

8 ފެބްރުއަރީ 2024      2 months ago


ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ މަހު ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިގޮތުން މިކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުން 15 ފެބްރުއަރީ 2024 ވަނަ ދުވަހު 20:30 ގައި ކޮޅުފުށީ ޕްރީސްކޫލުގައި އޮންނާނެއެވެ. މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

  1. 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންނާ ހިއްސާކުރުން.
  2. 2023 ވަނަ އަހަރުގެ ކައުންސިލުގެ މާލީ ރިޕޯޓު ރައްޔިތުންނާ ހިއްސާކުރުން.
  3. 2024 ވަނަ އަހަރުގެ ފާސްކުރުވުނު ބަޖެޓު ރައްރިތުންނާ ހިއްސާކުރުން.
  4. މިހާރު ހިނގަމުންދާ މުހިންމު ޕްރޮޖެކްޓުތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުން.

ވީމާ، މިބައްދަލުވުގައި ބައިވެރިވެލެއްވުމަށް ރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2024/8

ޕަބްލިޝް ކުރި ތާރީޚް: 08/02/2024

ސުންގަޑި: 2023-02-15 20:30:00