މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތް ކުއްޔަށް ދޫކުރުން

28 ސެޕްޓެމްބަރ 2021      2 years ago


ތާރީޚް:

27 ސެޕްޓެމްބަރ 2021

ނަންބަރު:

(IUL)367-AS/367/2021/119

މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތް ކުއްޔަށް ދޫކުރުން

                މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތް ކުއްޔަށް ދޫކުރުމަށް މި ކައުންސިލާއި އަދި މ.ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ނިންމާފައެވެ. އިމާރާތުގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކު 1500.00 (އެއްހާސް ފަސް ސަތޭކަ) ރުފިޔާއެވެ.

                މި އިމާރާތް ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އިމާރާތް ބައްލަވާލެއްވުމަށް 03 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތުގެ ކުރިމައްޗަށް ވަޑައިގެންދެއްވުން އެދެމެވެ. އެއަށްފަހު، 05 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި "މ.ކޮޅުފުށީ އަންހެނުންގެކުރި އިމާރާތް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގެމަށްޓަކައި އިއުލާން ކުރީމެވެ.

            



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2021/119

ޕަބްލިޝް ކުރި ތާރީޚް: 27/09/2021

ސުންގަޑި: 2021-10-05 11:00:00