މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

2024-2025 ވަނަ ދިރާސީ އަހަރު ދަރިވަރުން ޕްރީސުކޫލަށް ވެއްދުމާއިގުޅޭ

12 ފެބްރުއަރީ 2024      2 months ago


2024-2025ވަނަ ދިރާސީ އަހަރަށް ކޮޅުފުށީ ޕްރީސުކޫލަށް ކުދިންވެއްދުމުގެ ފުރުސަތު 28 މާޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލަމެވެ. މިގޮތުން 2024-2025ވަނަ ދިރާސީ އަހަރަށް ޕްރީސުކޫލަށް ކުދިންވެއްދުމުގައި އަމަލުކުރާނީ މިނސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރ 22-E/CIR/2024/06 ސަރކިއުލާ އާއި އެއްގޮތަށެވެ. ތިރީގައި އެވަނީ މިދެންނެވި ސަރކިއުލަރގައި ބަޔާންކުރާ އުމުރުފުރާތަކުގެ އިތުރު ތަފުޞީލެވެ.

  1. ބޭބީ ނާސަރީ އާއި ނާރސަރީ އަށް ވައްދާނީ 2023 ވަނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރުހަމަވާ ކުދިންނެވެ.

ގްރޭޑް

2024-2025 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ

ބޭބީ ނާރސަރީ

2023  ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

 ނާރސަރީ

2023 ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 

 

 

 

 

ޕްރީސްކޫލަށް ކުދިންވެއްދުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި، 12 ފެބުރުއަރީ އިން 28 މާރިޗް 2024 ވަނަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން  28 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް info@kolhufushi.gov.mv އަށް ހުށަހެޅުށްވުމަށް ދަންނަވަމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-SMS/367/2024/9

ޕަބްލިޝް ކުރި ތާރީޚް: 12/02/2024

ސުންގަޑި: 2024-03-28 13:00:00