މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ބިނާވެށި ޕްލޭންތައްޔާރުކުރުމާއި ގުޅޭ

7 އޮކްޓޯބަރ 2021      2 years ago


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުރިއަށް އޮތް 05 އަހަރަށް ތައްޔާރުކުރާ ބިނާވެށިޕްލޭން (ލޭންޑްޔޫސް ޕްލޭން) ތައްޔާރުކުރުމުގައި ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ ހިޔާލާއި މަޝްވަރާހޯދަން މިކައުންސިލުން ބޭނުންވެއެވެ. މިގޮތުން ބިނާވެށި ޕްލޭނާ ގުޅޫގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާހޯދުމަށް، މ.ކޮޅުފުށީ ލޮބުވެތި ރައްޔިތުންނަށް ބާއްވާ ވަރަށް ޙާއްޞަ ބައްދަލުވުމެއް މާދަމާރޭ 8:30 (08 އޮކްޓޯބަރ 2021، ހުކުރު) ގައި މ.ކޮޅުފުށީ ޕްރީސްކޫލް ހޯލްގައި އޮންނާނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިބައްދަލުވުމަށް މ.ކޮޅުފުށީ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2021/123

ޕަބްލިޝް ކުރި ތާރީޚް: 07/10/2021

ސުންގަޑި: 2021-10-08 20:30:00