މިއަހަރުގެ ރަމަޟާންމަހު ފަހު 10 ގައި ފިތުރުޒަކާތްބަލައިގަތުން 21 ރަމަޟާން 1445 ( 31 މާރޗް 2024 ) ވާ އާދިއްތަ ދުވަހުން ފެށިގެން 25 ރަމަޟާން 1445 ( 04 އޭޕްރީލް 2023 ) ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ކައުންސިލް އިދާރާއިން ފައިސާ ބަލާގަންނަ ގޮތަށްވަނީ ހަމަޖެހިފައެވެ. ކައުންސިލް އިދާރާއިން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށެވެ. ނަގުދު ފައިސާއިން ޒަކާތް ދައްކަވާ ބޭފުޅުން ފައިސާ ހަމައަށް ގެންނެވުމަށް ދަންނަވަމެވެ. ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތްނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށްކައި އުޅުނު ބާވަތްތަކުންނެވެ.
ތިރީގައިވާ ތާވަލްގައި އެވަނީ 1 (އެކެއް) މީހަކަށް ގޮވާމުގެ ބާވަތްތަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދުތަކެވެ.
# |
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އާދައިގެ ހަނޑޫ |
12.00 (ބާރަ ) ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
70.00 (ހަތްދިހަ) ރުފިޔާ |
3 |
ރަތް ހަނޑޫ |
80.00 (އަށްޑިހަ) ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
70.00 (ހަތްދިހަ) ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
100.00 (ސަތޭކަ) ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު) |
125.00 (ސަތޭކަ ފަންސަވީސް) ރުފިޔާ |
7 |
އާދައިގެ ފުށް |
10.00 (ދިހަ) ރުފިޔާ |
8 |
އާޓާ ފުށް |
75.00 (ހަތްދިހަފަހެއް) ރުފިޔާ |