މ.ކޮޅުފުށީގައި ގެސްޓްހައުސް ތަރައްޤީ ކުރާބިންތަކުގެ ތެރެއިން ޒޯން އޭ (ދެކުނު އަވަށު ތުޑި) ޗާޓްގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދުގައި، ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއްވާނަމަ 28 މެއި 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން މިރުއްތަކާއި ހަވާލުނުވާނަމަ، މިރުއްތަކަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ރުއްތަކެއް ކަމުގައި ކަނޑައަޅައި، ރުއްތައް ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.