މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދުމާއި ބެހޭ

25 އޮކްޓޯބަރ 2021      2 years ago


މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އިޖުތިމާއީ ސަރަހައްދުތަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޯބަރ 2021 (އަންގާރަ) އިން 31 އޮކްޓޯބަރ 2021 (އާދިއްތަ) ދުވަހުގެ ނިޔަލަށް 09:30 އިން 11:30 އާއި ދެމެދު 9733306 ނުވަތަ 7686855 ނަންބަރު ފޯނާ ގުޅުއްވައި މައުލޫމާތު ސާފޮކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. އަދި  02 ނޮވެންބަރ 2021 (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ބަލަހައްޓައިދިނުމަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިފޯމާއެކު އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. އަދި މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2021/125

ޕަބްލިޝް ކުރި ތާރީޚް: 25/10/2021

ސުންގަޑި: 2021-11-02 13:00:00