މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އެއްގަމު އުޅަނދު ދުއްވުމު ލައިސެންސް ނަގައިދިނުމުގެ ބުރެއް ކުރިއަށް ގެންދިއުން

28 އޮކްޓޯބަރ 2021      2 years ago


މިއިދާރާގެ (IUL)367-AS/367/2021/115، (14 ސެޕްޓެމްބަރ 2021) ނަންބަރު އިއުލާނާއި ހަވާލާދީ ދަންނަވަމެވެ. މުލަކަތޮޅު އަތޮޅު ކައުންސިލާއި މިކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގައިދިނުމުގެ ބުރު (ޕްރޮގްރާމް) 09 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ލައިސެންސް ބުރުގައި ބައިވެރިވުމަށް ނަންނޯޓުކުރެއްވި ފަރާތްތަކުން "އެއްގަމު ލައިސެންސަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު 07 ނޮވެންބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ލައިސެންސަށް އެދޭ ފޯމު މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންހުންނާނެއެވެ. އަދި މިއިދާރާގެ ރިސެޕްޝަނުންވެސް ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިން ނަންނޯޓު ނުކުރައްވާ ފާރާތްތަކުންވެސް މިޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާނަމަ އިސްވެދެންނެވުނު ގަޑިއަށް ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް ދަންނަވައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

އެއްގަމު ލައިސެންސަށް އެދޭ ފޯމު



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2021/129

ޕަބްލިޝް ކުރި ތާރީޚް: 27/10/2021

ސުންގަޑި: 2021-11-08 12:00:00