މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޕްލާސްޓިކް ފުޅި އުކާލުމާއި ގުޅޭ

31 އޮކްޓޯބަރ 2021      2 years ago


މ.ކޮޅުފުށީ ކައުންސިލާއި ޕާލޭ މޯލްޑިވްސް ގުޅިގެން ޕްލާސްޓިކް ފުޅި އެއްކޮށްގެން ރަށުން ބޭރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ޕްލާސްޓިކް ފުޅިފަދަ ތަކެއްޗަކީ ތިމާވެއްޓަށް ވަރަށްބޮޑެތި ގެއްލުންލިބޭ ތަކެއްޗަށްވެފައި ވީރާނާނުވެ ގިނަދުވަހު ހުންނަތަކެއްޗެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ކައުންސިލަށް ދިނުމަށް ދަންނަވަމެވެ.
ވީމާ، ގޭބީސީތަކުން އުފެދޭ ކުނި އުކާލާއިރު ޕްލާސްޓިކް ފުޅި ވަކިކުރައްވާ އެތަކެތި އެޅުމަށް ހާއްސަކުރެވިފައިވާ ޖަންބޯ ގޯނި (ޖަންބޯ ބޭގް) ތަކަށް އެޅުމަށް ދަންނަވަމެވެ. މިގޮތުން ޕްލާސްޓިކް ފުޅި އުކާލަން ޖެހޭގޮތުގެ އިރުޝާދު ކުނިއުކާލާ ޖަންބޯ ގޯނި ކައިރީގައި ހަރުކުރެވިހުންނާނެއެވެ. އަދި އާންމު ކުނިބުނި ތަކާއި ޕްލާސްޓިކް ފުޅިއާއި އެއްކޮށްގެން އުކާލުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިޢުލާނުކުރީމެވެ.
 



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2021/132

ޕަބްލިޝް ކުރި ތާރީޚް: 31/10/2021

ސުންގަޑި: 2021-11-04 14:00:00