މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ބައްތިތަށް މަރާމާތުކޮށް ބެލެހެއްޓުން އައުޓްސޯސްކުރުމާއި ގުޅޭ

30 އޮކްޓޯބަރ 2024      3 weeks ago


 

ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ބައްތިތަށް މަރާ،ާތުކޮށް ބެލެހެއްޓުން އައުޓްސޯސްކޮށް ކުރިޔަށް ގެންދިއުމަށް މިކައުންސިލުން ބޭނުންވެއެވެ.

މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 05 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނާއެކު ހިމެނިފައިވާ ގޫގަލް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރީ ލިންކް:   https://forms.gle/aLYM3VvP7q7RkM7PA    

        ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު ގެޒެޓު އަދި މި އިދާރާގެ ވެބްސައިޓްގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އެނާރޖީ އޮތޯރިޓީގެ ފަރާތުން ދޫކޮށްފައިވާ ކަރަންޓް ވައިރު ކުރުމުގެ  ހުއްދަ ލިބިފައިވާ އަމިއްލަ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2024/56

ޕަބްލިޝް ކުރި ތާރީޚް: 30/10/2024

ސުންގަޑި: 2024-11-05 11:00:00