މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

12 ނޮވެމްބަރ 2024      1 month ago


މ.ކޮޅުފުށީގައި ޕިކްނިކް ބީޗް ތަރައްޤީކުރާ ސަރަޙައްދުގައި ( ޗާޓުގައި ފާހަގަކުރެވިފައިވާ ކެނޑިމަގުގެ ދެކުނުން މ.ކޮޅުފުށީ ފުޓްބޯޅަ ސްޓޭޑިއަމް ފުރަގަހުން އޮތް ސަރަޙައްދު ) ރަތްކުލައިގެ ދަވާދުން ނަމްބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، ރަތްކުލައިގެ ދަވާދުން ފާހަގަކޮށްފައިވާ (ނަންބަރު ޖަހާފައި) ރުއްތަކުގެ ވެރިފަރާތެއްވާނަމަ 21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން ހަވާލުނުވާ ރުއްގަހަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ރުއްތަކެއް ކަމުގައި ކަނޑައަޅައި، އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2024/58

ޕަބްލިޝް ކުރި ތާރީޚް: 12/11/2024

ސުންގަޑި: 2024-11-21 13:30:00