މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ދަނޑުބިން ދޫކުރުން

27 ނޮވެމްބަރ 2024      1 week ago


ބަރަކާތްތެރި ރަމަޟާން މަހަށް ކަރާ ހެއްދުމަށް 3000 އަކަފޫޓްގެ 10 ދަނޑުބިން ވަގުތީގޮތުން ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މ.ކޮޅުފުށީ ބޯޅަ ދަނޑު ސަރަޙައްދުންނެވެ. މި ދަނޑުތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2024 – 01 ޖޫން 2025 ގެ ނިޔަލަށެވެ.

ދަނޑުބިން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޑިސެމްބަރ 2024 ގެ 13:00 ގެ ކުރިން "ދަނޑުބިން ނެގުމަށް އެދި ހުށަހަޅާ ފޯމް" ފުރުއްވައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް، މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2024/60

ޕަބްލިޝް ކުރި ތާރީޚް: 27/11/2024

ސުންގަޑި: 2024-12-05 13:00:00