މ.ކޮޅުފުށީ ދެކުނުކޮޅު ކުރީގެ ފުޓްބޯޅަ ދަނޑު ސަރަޙައްދުން 01 އަހަރު ދުވަހުގެ މުއްދަތަށް ދަނޑުބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ 5 (ފަހެއް) ދަނޑުކަމުގައި ދަންނަވަމެވެ. . ދަނޑު ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ފޯމް ހުށަހަޅުއްވައިފިނަމަ، ދަނޑުބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުނަގައިގެންނެވެ. އަދި އެފަރާތަކަށް ލިބޭ ދަނޑުބިންވެސް (ތަރުތީބު ނަންބަރު) ކަނޑައަޅާނީ ގުރުނަގައިގެންނެވެ.
ދަނޑުބިން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޑިސެމްބަރ 2024 ގެ 13:00 ގެ ކުރިން "ދަނޑުބިން ކުއްޔަށް ނެގުމަށްއެދި ހުށަހަޅާ ފޯމް" ފުރުއްވައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް، މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.