މ.ކޮޅުފުށީ ބަނދަރުމަތިން ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުމަށް 01 (އެކެއް) ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ބޭނުންވެއެވެ
މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނާއެކު ހިމެނިފައިވާ ގޫގަލް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ރަޖިސްޓްރީ ލިންކް : https://forms.gle/QDjqU2dzFQuULdq1A
ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު ގެޒެޓު އަދި މި އިދާރާގެ ވެބްސައިޓްގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އަދި އަމިއްލަ ފަރުދުންނަށެވެ.. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.