މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ކައުންސިލްގެ ވޮލީކޯޓު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

5 ޖަނަވަރީ 2025      1 week ago


މ.ކޮޅުފުށީ ކައުންސިލްގެ ވޮލީކޯޓު މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. (ބޭނުންވާ ތަކެތީގެ ލިސްޓް މި އިއުލާނާއި އެކު އެއްހީރަސް ކުރެވިފައިވާނެ)

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 12 ޖަނަވަރީ 2025 (އާދިއްތަ) ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަދި އަމިއްލަ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުވުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

މ.ކޮޅުފުށީ ކައުންސިލްގެ ވޮލީކޯޓު  މަރާމާތުކުރުމަށް ބޭނުންވާ ތަކެތި                                 

Quantity

                  Item Details

204 Sqm

Artificial Turf (8-10 years’ service life) 20m

1

Volley Ball Post & Net

 

4 Set

Set Mapei Glue A+B

102 Sqm

White Seaming Tape

 

 

 

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2025/1

ޕަބްލިޝް ކުރި ތާރީޚް: 05/01/2024

ސުންގަޑި: 2024-01-12 11:00:00