މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ކައުންސިލްގެ ދެވަނަ ވޮލީ މުބާރާތް ކުރިޔަށްދާ ދުވަސްވަރު އެސަރަހައްދުން ގާޑިޔާ ދޫކުރުން

26 ޖަނަވަރީ 2025      1 month ago


މ.ކޮޅުފުށީ ކައުންސިލްގެ ދެވަނަ ވޮލީ މުބާރާތް 2025، 30 ޖަނަވަރީ 2025 އިން 09 ފެބްރުއަރީ 2025 އަށް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށްދާ ވަގުތުތަކުގައި މ.ކޮޅުފުށީ ފުޓްސަލް ދަނޑު ކައިރިން ގާޑިޔާ ހިންގުމަށް 5 ގޮޅި ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. ގާޑިޔާ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ. މިގޮތުން ވޮލީ މުބާރާތް ހިންގާ ދުވަސްތަކުގައި (11 ދުވަސް) ގާޑިޔާ ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކުން 28 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 10:00 ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ.



ބާވަތް: އިއުލާން

ނަންބަރ:

ޕަބްލިޝް ކުރި ތާރީޚް: 23/01/2025

ސުންގަޑި: 2025-01-28 10:00:00