މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.އަތޮޅު ކައުންސިލް ފުޓްސަލް މުބާރާތް 2025 ކުރިޔަށްދާ ދުވަސްވަރު އެސަރަހައްދުން ގާޑިޔާ ދޫކުރުން

8 މެއި 2025      1 week ago


މ.އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތް 2025، 15 މެއި 2025 އިން 21 މެއި 2025 އަށް މ.ކޮޅުފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށްދާ ވަގުތުތަކުގައި ކައުންސިލް ވޮލީކޯޓް ކައިރިން ގާޑިޔާ ހިންގުމަށް 3 ގޮޅި ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި މަސައްކަތާއި ގުޅޭގޮތުން ކޯޓޭޝަން ހުށަހެޅުން އޮންނާނީ 12 މެއި 2025 (ހޯމަ) ދުވަހުގެ 11:30 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭނީ އެންމެ ބޮޑު އަގު ހުށަހަޅާ 3 ފަރާތަކަށެވެ. ކޯޓޭޝަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ -/500 ( ފަސްސަތޭކަ ރުފިޔާ) އެވެ. އެއްފަރާތަށްވުރެށް ގިނަ ފަރާތްތަކުން އެއް އަގެއް ހުށަހަޅާފައިވާނަމަ ގާޑިޔާ ލިބޭ ފަރާތް ކަނޑައަޅާނީ ގުރު ލައިގެންނެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2025/34

ޕަބްލިޝް ކުރި ތާރީޚް: 08/05/2025

ސުންގަޑި: 2025-05-12 11:30:00