މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ދެއަވަށު ޤަބުރަސްތާން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

1 ޖޫން 2025      5 days ago


މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ދެއަވަށު ގަބުރަސްތާނު ދިލައި ސާފުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

މި މަސައްކަތުގެ އަގު ހުށަހެޅުން އޮންނާނީ 02 ޖޫން 2025 ވަނަ ދުވަހުގެ (ހޯމަ) 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. ކޯޓޭޝަން ފޯމް އަދި މަޢުލޫމާތު ޝީޓް އިއުލާނުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.

ލިންކް : https://kolhufushi.gov.mv/Uploads/Downloads/1748766709.pdf

 

 

 



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2025/36

ޕަބްލިޝް ކުރި ތާރީޚް: 01/06/2025

ސުންގަޑި: 2025-06-02 11:00:00