މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރައްޔިތުންނާއި ބައްދަލުކުރުން

10 ޖުލައި 2025      19 hours ago


 

ޤާނޫނު ނަމްބަރ 2010/7 ( ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން ) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ޖުލައި މަހު ސިޓީތަކާއި ރަށު ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މި ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުން 22 ޖުލައި 2025 ވަނަ ދުވަހުގެ ރޭގަނޑު 20:30ގައި މ.ކޮޅުފުށީ ޕްރީ ސްކޫލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

  1. 2026 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލް ( ވޯކް ޕްލޭން ) ރައްޔިތުންނާއި ހިއްސާކުރުން.
  2. 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންނާއި ހިއްސާކުރުން.
  3. 2025 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ކުރި މަސައްކަތުގެ ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުން.
  4. ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުން.
  5. ސުވާލާއި ޖަވާބު

       ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2025/42

ޕަބްލިޝް ކުރި ތާރީޚް: 10/07/2025

ސުންގަޑި: 2025-07-11 09:29:05