މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މ.ކޮޅުފުށީ ނޫރު މިސްކިތް އޭސީ ކުރުމަށް ބޭނުންވާ 20 އޭ. ސީ ސަޕްލައި ކޮށްދިނުމާއި، ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖުލައި 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް info@kolhufushi.gov ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 17 ޖުލައި 2025 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިމަސައްކަތްތައް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 24 ޖުލައި 2025 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.