މިކައުންސިލުން އަންގާ ގޮތެއްގެ މަތިން 170 މީހުންނަށް ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11:30 ށް މިކައުންސިލަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނާއި އެކު ކޯޓޭޝަން ހުށަހަޅާ ފޯމް އެއްހީރަސްކުރެވިފައިވާނެއެވެ.
2. ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
2.1 ކޭޓަރ ކޮށްދޭންޖެހޭ ފަރާތްތަކުގެ އަދަދު : 170
2.2 ކެއުން ހަމަޖައްސާނީ ކެއުން ނަގާ ފަރާތުން ބުފޭ ސްޓައިލްގައެވެ.
2.3 ކެއުން ހަމަޖައްސަން ޖެހޭ ގަޑިއަކީ 13 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ރޭގަނޑު 20:15 އެވެ.
2.4 ކެއުމުގެ ކަންކަން ނިމުމުން ތަށިތަށް ނަގާ، ތަށިތަށް ދޮވުމަކީ ( ބުފޭގެ ތަށިތަށް ހިމެނޭހެން ) ކެއުން ހަމަޖައްސާ ފަރާތުގެ ޒިންމާއެކެވެ.
2.5 ކެއުމުގައި ހުންނަން ޖެހޭ ބާވަތްތަށް
- ހުދު ބަތް ( 100 މީހުންނަށް )
- ކުކުޅު ރިހަ
- ފަޅޯ އަސާރަ
- ކަސްޓަރޑް ( ލޭޔަރ ކޭކު އަޅާފަ)
- ސަންކުއިކް ޖޫސް
- ޕާސްތާ ( 70 މީހުންނަށް ) Penne Pasta
- ފެން ( މިނަރަލް ވޯޓަރ )
- ޕާޕަރު
