މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ދުޅަހެޔޮ މައިޒާން އާންމުންނަށް ހުޅުވާލުމާއި ގުޅޭ

17 ނޮވެމްބަރ 2021      2 years ago


މިކައުންސިލުން ތަރައްގީކޮށްފައިވާ ދުޅަހެޔޮ މައިޒާން މިހާރު ވާނީ އާންމުންނަށް ބޭނުންކުރެވޭގޮތަށް ރަސްމީކޮށް ހުޅުވާފައެވެ. މިގޮތުން ދުޅަހެޔޮ މައިޒާން ބޭނުންކުރުމަށް އާންމުންނަށް ހުޅުވާލެވިފައިވާ ގަޑިތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

  • ކުޑަކުދިންނަށް (ބެލެނިވެރިއަކާ އެކު) ހާއްސަކުރެވިފައިވާ ގަޑި: 16:00 އިން 18:00 އަށް
  • ފިރިހެން ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ގަޑި:  18:00 އިން 19:30 އަށް
  • އަންހެން ކަނބަލުންނަށް ހާއްސަކުރެވިފައިވާ ގަޑި:  20:00 އިން 22:00 އަށް
  • އާންމުކޮށް ހުޅުވާލެވިފައިވާ ގަޑިތައް: 22:00 އިން 23:59 އަށް 00:00 އިން 16:00 އަށް

ވީމާ، އިސްވެދެންނެވުނު ގަޑިތަކަށް ސަމާލުކަންދީގެން ދުޅަހެޔޮ މައިޒާން ބޭނުންކުރުމަށް ދަންނަވަމެވެ. މީގެ އިތުރުން ބެލެނިވެރިއަކުނެތި 12 އަހަރުން ދަށުގެ ކުޑަކުދިން ދުޅަހޮޔޮ މައިޒާނަށް ދިއުމާއި އެތަނުގެ ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2021/140

ޕަބްލިޝް ކުރި ތާރީޚް: 17/11/2021

ސުންގަޑި: 2024-05-13 00:42:51