މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފެނުގެ ޚިދުމަތަށް އެދިލެއްވުމަށް ފުރުޞަތު ހުޅުވާލުން

28 ނޮވެމްބަރ 2021      2 years ago


މ.ކޮޅުފުށީގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ އަމަލީމަސައްކަތްތައް ފެށުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިވަގުތު ކުރިއަށްދަނީ ޑީޓެއިލް ޑިޒައިން މަރުހަލާއެވެ. މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށްއެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެއެވެ.

               އިސްވެދެންނެވުނު އެޕްލިކޭޝަންފޯމު ހުށަހެޅުމުގައާއި، ބަލައިގަތުމުގައާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރަންޖެހެނީ މިކަމަށްޓަކާ މިހާރު ޢަމަލު ކުރެވެމުންދާ ޤަވާއިދު ނަމްބަރު 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރު ގުޅައިދިނުމުގައި ބެލެވޭނީ މި ޤަވާއިދުގެ 6 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމު ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި، އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤާވާޢިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.

               ފެނުގެ ޚިދުމަތަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދު ދުވަސްތައް ފިޔަވާ، 29 ނޮވެމްބަރ 2021 ވާ ހޯމަދުވަހުން ފެށިގެން 30 ޖަނަވަރީ 2022 ވާ އާދިއްތަދުވަހުގެ ނިޔަލަށް، 9:00 އިން 12:00 އަށް، ހައުސްކަނެކްޝަން އެޕްލިކޭޝަން ފޯމު ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

      ޤަވާއިދު ނަމްބަރު 2020/R-10 ކޮޕީ މިއިޢުލާނާއިއެކު އާންމުކުރަމެވެ. އަދި ދަންނަވަމެވެ. ހައުސްކަނެކްޝަން އެޕްލިކޭޝަން ފޯމު މިއިދާރާގެ ރިސެޕްޝަނުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެންހުންނާނެ ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.

ފެނުގެ ހިދުމަތަށް އެދޭފޯމް



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2021/142

ޕަބްލިޝް ކުރި ތާރީޚް: 28/11/2021

ސުންގަޑި: 2022-01-30 12:00:00