މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

2 ޑިސެމްބަރ 2021      2 years ago


މ.ކޮޅުފުށީ ފެނަކަ އައު އޮފީސް އިމާރާތް ކުރާ ސަރަހައްދު (ދާރުލް ފަލާހް ގޯތީގެ ހުޅަނގުން) އަދި ފެނުގު ނިޒާމް ގާއިމުކުރާ ސަރަހައްދު (މަގާންމަގާއި މިސްކިތްމަގު އިންވާ ސަރަހައްދުގެ ހުޅަނގު ދެކުނު ކަންމަތީ ސަރަހައްދު) ގައިވާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި، އެ ރުއްގަހުގައި ވާނީ ފެހި ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.       

      ވީމާ، ފެހި ކުލައިގެ ދަވާދުން ފާހަގަ ކޮށްފައިވާ ރުއްގަހުގެގެ ވެރިފަރާތެއްވާނަމަ 12 ޑިސެންބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓުކުރުމަށް ދަންނަވަމެވެ. އަދި އެސަރަހައްދުގައި ހުރި ނަގައިގެންގެންދެވޭވަރުގެ ރުއްގަހުގެ ވެރިފަރާތްތަކުން އެތަކެތި އިސްވެދެންނެވުނު މުއްދަތުގެތެރޭގައި އެތަނުން ނަގައިގެންގެންދިއުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން ހަވާލުނުވާ ރުއްގަހަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ތަކެތި ކަމުގައި ބަލާ، އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2021/14

ޕަބްލިޝް ކުރި ތާރީޚް: 02/12/2021

ސުންގަޑި: 2021-12-12 12:00:00