އިޢުލާން
ތާރީޚް: |
14 ޖުލައި 2021 |
ނަންބަރު: |
(IUL)367-AS/367/2021/94 |
އެހީތެރިކަމަށް އެދުނު ފަރާތަކަށް ހިންގޭ މަދަދު ޕްރޮގުރާމާއި ގުޅޭ |
މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި، މުލަކަތޮޅު ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން، މިރަށު ރައްޔިތެއްކަމަށްވާ ޢަބްދުﷲ ސަޢީދުގެ އަނބިކަނބަލުން (ޝަމްސީރާ އަޙްމަދު A008270) ގެ ބޭސްފަރުވާއަށް (ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް) ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "މަދަދު ޕްރޮގުރާމް" ގެ ނަމުގައި ޚާއްސަ ފަންޑުފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފެނަމަހަ-2 އަދި ޕިކްސިސް އައި.އާރް.އެފް ގައި ފަންޑުފޮށި މިހާރު ބެހެއްޓިފައި ވާނޭކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ފައިސާގެ އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ނަގުދު ފައިސާއިންނާއި، ޓްރާންސްފަރ ކޮށްގެން އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދެވިދާނެއެވެ. ފައިސާ ޓްރާންސްފަރ ކުރަން ބޭނުންފުޅުވާ ފަރަތްތަކުން އަބްދުﷲ ސަޢީދުގެ އެކައުޓް ނަންބަރ 7701126850101 އަށް ޓްރާންފަރ ކުރެއްވުމަށްފަހު ރިސިޕްޓް މިއިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ޚަދީޖާ ނަސީމްގެ ނަންބަރ 9886643 އަށް ވައިބަރ ކޮށްދެއްވުން އެދި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ވެވުނު މިންވަރަކުން ކިތަންމެ ކުޑަނަމަވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީ، ﷲ ގެ މަގުގައި ހޭދަކޮށް އުޅުމުގެ ހެޔޮ ތަޢުފީޤް އަޅަމެން އެންމެންނަށް މިންވަރު ކޮށްދެއްވާށިއެވެ.
އާމީން.