މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މަސްރޭސް ބޭއްވުން

7 ޑިސެމްބަރ 2021      2 years ago


މިއަހަރުގެ މަސްވެރިންގު ދުވަސް ފާހަގަ ކުރުމުގެ ގޮތުން 11 ޑިސެންބަރ 2021 ވާ ހޮނިހިރު ދުވަހު މަސްރޭހެއް ބޭއްވުމަށް މިކައުންސިލުން ވާނީ ނިންމާފައެވެ. މިގޮތުން މަސް ރޭހުގެ އިނާމްދިނުމަށް ކަނޑައެޅިފައިވާ ވަނަތައް ތިރީގައި އެވަނީއެވެ.

  • މަސް ރޭހުން 1 ވަނަ ޓީމަށް 3,000.00 (ތިން ހާސް) ރުފިޔާ
  • މަސް ރޭހުން 2 ވަނަ ޓީމަށް 2,000.00 (ދެ ހާސް) ރުފިޔާ
  • މަސް ރޭހުން 3 ވަނަ ޓީމަށް 1,000.00 (އެއް ހާސް) ރުފިޔާ

      މަސް ރޭހުގައި ބައިވެރި ވެވޭނީ މަދުވެގެން 03 މީހުންގެ ޓީމަކަށެވެ. އަދި ގިނަވެގެން 06 މީހުންގެ ޓީމަކަށެވެ. މަސްރޭސް ފަށަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 06:30 ގައެވެ. އަދި މަސްރޭސް ނިންމުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 އަށެވެ. މިގޮތުން މިމަސް ރޭހުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ ލިންކު މެދުވެރިކޮށް 09 ޑިސެންބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

ވީމާ، އިސްވެދެންނެވުނު މަސްރޭހުގައި ބައިވެރިވުމަށް މިރަށު އެންމެހާ ރައްޔިތުންނަށާއި މުއައްސަސާތަކަށް ފުރުސަތުހުޅުވާލަމެވެ.  މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2021/150

ޕަބްލިޝް ކުރި ތާރީޚް: 07/12/2021

ސުންގަޑި: 2021-12-09 14:00:00