މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އެއްގަމު އުޅަނދު ދުއްވުމު ލައިސެންސް ނަގައިދިނުމުގެ ބުރެއް ކުރިއަށް ގެންދިއުން

19 ޑިސެމްބަރ 2021      2 years ago


މުލަކަތޮޅު އަތޮޅު ކައުންސިލާއި މިކައުންސިލް ގުޅިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބުރެއް 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ލައިސަންސް ބުރުގައި ބައިވެރިވުމަށް ނަންނޯޓް ކޮށްފައިވާ ފަރާތްތަކުން އެއްގަމު ލައިސެންސަށް އެދޭ ފޯމް ފުރުއްވައި 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މިފަހަރުގެ ލައިސެންސް ބުރުގައި C2 ކެޓަގަރީގެ (އުފުލޭ ބަރުދަން  2000 ކިލޯ (2 ޓަނު) އިން ފެށިގެން، 4000 ކިލޯ (4 ޓަނު) ހަމަނުވާ އުޅަނދު) ލައިސެންސް ނަގައިދިނުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާކަމުގައި މުލަކަތޮޅު އަތޮޅު ކައުންސިލުން ވަނީ އަންގަވާފައެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2021/154

ޕަބްލިޝް ކުރި ތާރީޚް: 19/12/2021

ސުންގަޑި: 2021-12-21 14:00:00