މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ގޯތީގައި ހައްދާ ގަސްގަހަށް ބޭސް(ކެމިކަލް) ޖެހުމާއި ގުޅޭ

9 ޖަނަވަރީ 2022      2 years ago


މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ގޯތީގައި ހައްދާފައި ހުންނަ ގަސްގަހަށް ބޭސް (ކެމިކަލް) ޖަހަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ހަމައެހެންމެ، އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ތަފާތު އެކިއެކި އުނދަގޫތައް ދިމާވާކަމުގެ ޝަކުވާ ތަކުރާރުކޮށް މިކައުންސިލަށް ދަނީ ލިބެމުންނެވެ. މިފަދަ ވިހަ މާއްދާތައް އެކުލެވޭ ބޭސްތަކަކީ ސިއްޙީގޮތުން އެތަކެއް ނޭދެވޭ އަސަރުތައްކުރާ، ނުރައްކާތެރި ބަލިތައްޖެހުމަށް މަގުފަހި ކުރުވާ އެއްޗިއްސެވެ.

ދަނޑުވެރިކަން ކުރުންނޫން ބޭނުންތަކުގައި ވީނަމަވެސް ގޯތީތެރޭގައި ހައްދާ ތަފާތު އެކި ބާވަތްބާވަތުގެ ގަސްގަހަށް ބޭސް (ކެމިކަލް) ޖަހައިގެން ހެއްދުމަކީ މަނާކަމެއްކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އެހެންކަމުން ސިއްޙީ ދުޅަހެޔޮ އާދަތައް އިސްކުރައްވާ، މިފަދަ ނޭދެވޭ އަމަލުތައް ހުއްޓާލުމަށް އެންމެހާ ރައްޔިތުންނަށް ނަސޭޙަތްތެރިވަމެވެ. އަދި ކައުންސިލުގެ މިފަދަ ކޮންމެ ގޮވާލުމަކަށް ރައްޔިތުން އިޖާބަދެމުން ގެންދަވާކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.



ބާވަތް: އިއުލާން

ނަންބަރ: (IUL)367-prs/367/2022/2

ޕަބްލިޝް ކުރި ތާރީޚް: 09/01/2022

ސުންގަޑި: 2024-05-14 05:15:06