ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޤައުމީ ޗެޕްޓަރގެ ހައިސިއްޔަތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސް 2008 ވަނަ އަހަރުން ފެށިގެން ދަނީ ސަރުކާރަށާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން އެންޓި-ކޮރަޕްޝަން އަދި އިންސާނީ ހައްޤުތަކަށާއި އިޖްތިމާޢީ އަދި އިޤްތިސާދީ އިންސާފަށާއި މުޖުތަމަޢުގެ ހަމަޖެހުމަށާއި ރައްކާތެރިކަމަށް މަސައްކަތްކުރަމުންނެވެ. އަދި ހަމައެހެންމެ މުޖުތަމަޢުގެ ވިލުންވެރިކަން އިތުރުކޮށް އިޖުތިމާޢީ ބަދަހިކަން ކަށަވަރުކުރުމަށްވެސް ދަނީ މަސައްކަތްކުރެވެމުންނެވެ.
މުޖުތަމަޢުގެ ކަންކަމުގައި އެންމެ ގާތުން މަސައްކަތް ކުރެވޭނީ އެމުޖުތަމަޢެއްގައި އުފެދިފައިވާ ޖަމިއްޔާ ޖަމާޢަތްތަކަށް ކަމަށްވާތީ، އެފަރާތްތަކަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން "ޓީއެމް ގްރާންޓްސް" ގެ ނަމުގައި ފައިސާދީގެން މުޖުތަމަޢުގައި ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. "ޓީއެމް ގްރާންޓްސް" އަށް ކޮންސެޕްޓް ނޯޓް ހުށަހެޅުމުގެ ފުރުޞަތު 30 ޖަނަވަރީ 2022 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިފުރުޞަތާއި ގުޅޭ މަޢުލޫމާތު ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިލައްވާނެއެވެ.
https://transparency.mv/v16/wp-content/uploads/2021/10/Annual-Program-Statement-28th-
October-2021-NEW.pdf
މީގެއިތުރުން "ޓީއެމް ގްރާންޓްސް" އާއި އަދި މިފަހަރުގެ ފުރުޞަތު ހުޅުވާލެވިފައިވާ ދާއިރާތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން 12 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ ރޭ، 20:30 ގައި ޒޫމް މެދުވެރިކޮށް އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިމިވާ ލިންކު މެދުވެރިކޮށް 12 ޖަނަވަރީ 2022 ގެ 09:00 ގެ ކުރިން ރަޖިސްޓަރ ކުރެއްވުން އެދެމެވެ.
https://forms.office.com/r/kwjsmQNjJ7
ވީމާ، މިކަން އާންމުކޮށް އެނެގުމަށްޓަކައި އިޢުލާނު ކުރީމެވެ.