މ.ކޮޅުފުށީ ގިރާސަރަޙައްދު ހިމާޔަތްކުރުމުގެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ކުރުމަށްޓަކައި ދެކުނުއަވަށު ކުޅިހިމެނޭ ސަރަހައްދަށް ވެހިކަލްތަކަށް ދަތުރުކުރެވޭނެ މަގެއް ކެނޑުމަށް މިކައުންސިލުން ވާނީ ނިންމާފައެވެ. އެހެންކަމުން ދެކުނުއަވަށު ޤަބުރަސްތާނުގެ ދެކުނުން މަގުކެނޑުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައިވާ (ތިރީގައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ ސަރަޙައްދު) ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި، އެ ރުއްގަހުގައި ވާނީ ރަތް ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.
ވީމާ، ރަތް ކުލައިގެ ދަވާދުން ފާހަގަކޮށްފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. އަދި އެސަރަޙައްދުގައި ހުރި ނަގައިގެން ގެންދެވޭވަރުގެ ރުއްގަހުގެ ވެރިފަރާތްތަކުން އެތަކެތި އިސްވެދެންނެވުނު މުއްދަތުގެތެރޭގައި އެތަނުން ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން ޙަވާލުނުވާ ރުއްގަހަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ތަކެތި ކަމުގައި ކަނޑައަޅައި، އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.