ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރަމުންދާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކިފަރުދުންނާއި މުއައްސަސާތަކާއި، ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ކޮންމެ އަހަރަކު ދެމުންގެންދާ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު، 10 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މި އެވޯޑަށް ކުރިމަތިލާނެގޮތުގެ އިތުރު މަޢުލޫމާތާއި، މި އެވޯޑަށް ކުރިމަތިލުމަށް ހުށަހެޅޭނެ އުޞޫލާއި، ފޯމުތައް ޖެންޑަރ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.