މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކަސްރަތު ޕްރޮގްރާމާއި ގުޅޭ

2 ފެބްރުއަރީ 2022      2 years ago


"ކަސްރަތާއިއެކު އުފާވެރިކަން 2022" މި ނަމުގައި ކޮޅުފުށި ކައުންސިލާއި، ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ކޮޅުފުށީ ޕޮލިސް ގުޅިގެން 3 ހަފްތާގެ މުއްދަތަށް ކޮޅުފުށީ  އެންމެހާ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގުރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގުމާގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ އަންހެން ކަނބަލުން 05 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހުގެ ކުރިން ކޮޅުފުށީ އ.ތ.މ ކޮމިޓީގެ ރައީސާ މަރްޔަމް ރަޝީދާ އަށް ވައިބަރ (9733306) މެދުވެރިކޮށް މެސެޖު ކުރައްވައިގެން ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ.

ކަސްރަތު ޕްރޮގުރާމުގައި ބައިވެރިވެ ބަރުދަން އެންމެ ލުއިކުރައްވާ 3 ކަނބަލުންނަށް ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        



ބާވަތް: އިއުލާން

ނަންބަރ: (IUL)367-AS/367/2022/8

ޕަބްލިޝް ކުރި ތާރީޚް: 02/02/2022

ސުންގަޑި: 2022-02-05 00:00:00