މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

7 ފެބްރުއަރީ 2022      2 years ago


މ.ކޮޅުފުށީ އަމީނީމަގު ފުޅާކޮށް، އަމީނީމަގުން ބަނދަރަށް ނުކުމެވޭގޮތަށް މަގުތަކެއް ކެނޑުމަށް މިކައުންސިލުން ވާނީ ނިންމާފައެވެ. އެހެންކަމުން ދިރާގު ސައިޓުގެ ދެކުނު ކަންމަތިން ފެށިގެން އަންހެނުންގެ ކުރި އިމާރާތާއި  ދެމެދުގައިވާ ސަރަޙައްދުގައިވާ  ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި، އެ ރުއްގަހުގައި ވާނީ ރަތް ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.

      ވީމާ، ރަތް ކުލައިގެ ދަވާދުން ފާހަގަކޮށްފައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. އަދި އެސަރަޙައްދުގައި ހުރި ނަގައިގެން ގެންދެވޭވަރުގެ ރުއްގަހުގެ ވެރިފަރާތްތަކުން އެތަކެތި އިސްވެދެންނެވުނު މުއްދަތުގެތެރޭގައި އެތަނުން ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި އެއްވެސް ފަރާތަކުން ޙަވާލުނުވާ ރުއްގަހަކީ އެއްވެސް ފަރާތަކަށް ނިސްބަތްނުވާ ތަކެތި ކަމުގައި ކަނޑައަޅައި، އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        



ބާވަތް: އިއުލާން

ނަންބަރ: (IUL)367/367/2022/10

ޕަބްލިޝް ކުރި ތާރީޚް: 07/02/2022

ސުންގަޑި: 2022-02-17 12:00:00