މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފޮޓޯ އަލްބަމް

ކައުންސިލް އަދި އ.ތ.މ ކޮމެޓީ ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާމީހުންގެ ގޭގެއަށް ޒިޔާރަތްކުރުން 2022

މ.ކޮޅުފުށީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލު ގާތުން ބެލުމުގެ ގޮތުން ކައުންސިލް އަދި އ.ތ.މ ކޮމެޓީ ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާމީހުންގެ ގޭގެއަށް މިއަދު (15.03.2022) ވަނީ ޒިޔާރަތް ކުރައްވާފައެވެ. މިގޮތުން މ.ކޮޅުފުށީގައި މިވަގުތު ދިރިއުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް އެފަރާތްތަކާއި ކައުންސިލުންވަނީ ބައްދަލުކޮށްފައެވެ. އަދި އެފަރާތްތަކުގެ ސުއޫރުތަކާއި ހިއްސާކުރަން ބޭނުންވާ ކަންކަން ކައުންސިލުންވަނީ ވަރަށް ގާތުން އަޅުއަހާފައެވެ.