މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރެއްވުން

18 ޖަނަވަރީ 2023      1 year ago


މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރެއްވުން

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. މިއީ 2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މ.ކޮޅުފުށީގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ބޭއްވުނު ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުން އޮތީ 08 ޑިސެމްބަރ 2022 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކޮޅުފުށީ ޕްރީސުކޫލުގައެވެ.  މިބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސް ވިދާޅުވީ، 2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މ.ކޮޅުފުށީގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވުމުމަކީ ކޮޅުފުށީގެ ރައްޔިތުންނަށް ލިބިގެންދާނެ ޝަރަފެއްކަމުގައެވެ. އަދި މިދުވަހަކީ ކޮޅުފުށްޓައް ޚާއްސަ ދުވަހެއް ކަމަށާއި، ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް މިފަދަ ދުވަހެއް ކޮޅުފުށީގައި ފާހަގަކުރުމަށް ނިންމެވުމާއި ގުޅިގެން މިދުވަސް ކާމިޔާބުކަމާއިއެކު ފާހަގަކުރުމަށް ރަށުގެ މުއައްސަސާތަކާއި، ރަށުގެ އެންމެހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ކައުންސިލަށް ބޭނުންވާނެ ކަމުގައި ވިދާޅުވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި 2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަށް ތައްޔާރުވުމަށް ކުރަންހުރި މަސައްކަތްތަކާއި ގޫޅޭގޮތުންނާއި، އެދުވަހުގެ ހަރަކާތްތަކާއި ގުޅޭގޮތުން ކައުންސިލުން ވަނީ ކޮޅުފުށީގެ ރައްޔިތުންނާއި މަޝްވަރާކޮށް ހިޔާލުބަދަލުކުރައްވާ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.