މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

2024 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ކޮޅުފުށީ ކައުންސިލުން ކުލަގަދަކޮށް ފާހަގަ ކޮށްފި

26 ފެބްރުއަރީ 2024      2 months ago


2024 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ކޮޅުފުށީ ކައުންސިލުން ކުލަގަދަކޮށް ފާހަގަ ކޮށްފި

ދިވެހިރާއްޖޭގެ ލާމަރުކަޒީދުވަސް (26 ފެބުރުއަރީ) ކޮޅުފުށީ ކައުންސިލުން ކުލަ ގަދަކޮށް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު ޙަރަކާތްތަކުގައި ކައުންސިލްގެ މުވައްޒަފުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކައުންސިލްގެ ނާއިބުރައީސް އާދަމް ފަޔާޟް ދެއްކެވި ވާހަކަ ފުޅުގައި އިދާރީދާއިރާތައް ހިންގުން ލާމަރުކަޒީކޮށް، ކައުންސިލްތަށް ބާރުވެރިވުމަށް ފުރުޞަތު ލިބުމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރުވެ ކަންކަން ނިންމުމުގައި ފަސޭހަ ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރަށުގައި ހިންގޭ ތަރައްޤީގެ ޕްރޮޖެކުޓްތަކާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި މުއައްސަސާތަކުން ލިބޭ އެހީތެރިކަށް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކައުންސިލްގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން ހިމެނޭހެން، ކުއިޒު މުބާރާތެއް ވަނީ ކުރިއަށް ގެންދެވިފައެވެ. ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ވާދަ ކުރާގޮތަށްގެންދެވުނު މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ކައުންސިލްގެ ފިރިހެން މުވައްޒަފުންގެ ޓީމެވެ.