މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލުން ކުރިއަށް ގެންދިޔަ މަސްރޭސް 2025 ކާމިޔާބުކަމާއިއެކު ނިންމާލައިފި

13 ޑިސެމްބަރ 2025      1 day ago


ކޮޅުފުށީ ކައުންސިލުން ކުރިއަށް ގެންދިޔަ މަސްރޭސް 2025 ކާމިޔާބުކަމާއިއެކު ނިންމާލައިފި

ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ކޮޅުފުށީ ކައުންސިލުން ކުރިއަށްގެންދިޔަ މަސްރޭސް ކާމިޔާބުކަމާއިއެކު ނިންމާލައިފި. މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމު ތަކަށް ފައިސާގެ އިނާމު ހުށަހަޅައި، އާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު މި މުބާރާތުގައި 11 ޓީމަކުން ވާދަކޮށްފައިވެއެވެ.

މުބާރާތުގެ ވަނަވައަށް ހުށަހެޅިފައިވާ އިނާމުގެ ތެރޭގައި އެއްވަނަ ޓީމަށް ދިހަހާސް ރުފިޔާ، ދެވަނަ ޓީމަށް ހަތްހާސް ރުފިޔާ، ތިންވަނަ ޓީމަށް ފަސްހާސް ރުފިޔާ، އެންމެ ބަރުމަސް ބާނާ ޓީމަށް އެއްހާސް ރުފިޔާ އަދި މީގެ އިތުރުން ޑިސްކޮލިފައިނުވެ މުބާރާތް ނިންމާ ކޮންމެ ޓީމަކަސް ފަސްސަތޭކަ ރުފިޔާ ދިނުމަށް ކަނޑައެޅިފައިވެއެވެ.

ކައުންސިލުން ކުރިއަށް ގެންދިޔަ މަސްރޭހުގެ އެއްވަނަ ޓީމަކަށް ހޮވިފައިވަނީ "ކިންގް ރައިޑާ" އެވެ. ދެވަނައަށް ހޮވިފައިވަނީ ކޮޅުފުށީ ހެލްތު ސެންޓާގެ ޓީމެވެ. ތިންވަނަ ޓީމަކަށް ހޮވިފައިވަނީ "ގޭސް ކަޓަރ" އެވެ. މުބާރާތުގެ އެންމެ ބަރުމަސް ބާނާފައިވާ ޓީމަކީ "ކިންގު ރައިޑާ' އެވެ.