މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކަނބަލުންގެ މަސްރޭސް 2026 ކާމިޔާބުކަމާއިއެކު ނިންމާލައިފި

17 ޖޫން 2026      11 hours ago


ކަނބަލުންގެ މަސްރޭސް 2026 ކާމިޔާބުކަމާއިއެކު ނިންމާލައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ކޮޅުފުށީ ކައުންސިލާއި ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށްގެންދިޔަ "ކަނބަލުންގެ މަސްރޭސް 2026" ކާމިޔާބުކަމާއިއެކު ނިންމާލައިފި. މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމު ތަކަށް ފައިސާގެ އިނާމު ހުށަހަޅައި، އާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު މި މުބާރާތުގައި 11 ޓީމަކުން ވާދަކޮށްފައިވެއެވެ .
މުބާރާތުގެ ވަނަވައަށް ހުށަހެޅިފައިވާ އިނާމުގެ ތެރޭގައި އެއްވަނަ ޓީމަށް ފަސްހާސް ރުފިޔާ، ދެވަނަ ޓީމަށް ތިންހާސް ރުފިޔާ، ތިންވަނަ ޓީމަށް ދެހާސް ރުފިޔާ، އަދި މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ޑިސްކޮލިފައިނުވެ މުބާރާތް ނިންމާ ކޮންމެ ޓީމަކަށްވެސް ފަސްސަތޭކަ ރުފިޔާ ގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވެއެވެ. 
ކައުންސިލުން ކުރިއަށް ގެންދިޔަ މަސްރޭހުގެ އެއްވަނަ ޓީމަކަށް ހޮވިފައިވަނީ "ބްލެކް ވޯޓަރ" އެވެ. ދެވަނައަށް ހޮވިފައިވަނީ " ކްއީން ސްޓަރ" އެވެ. ތިންވަނަ ޓީމަކަށް ހޮވިފައިވަނީ "ބުލޫ މަރލިން" އެވެ.