މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އިޖުތިމާޢީ ސަރަޙައްދު ސާފުކުރާ ފަރާތްތަކުގެ ޝަރަފުގައި ޚާއްޞަ ޙަފުލާއް ބާއްވައިފި

14 ނޮވެމްބަރ 2025      19 hours ago


އިޖުތިމާޢީ ސަރަޙައްދު ސާފުކުރާ ފަރާތްތަކުގެ ޝަރަފުގައި ޚާއްޞަ ޙަފުލާއް ބާއްވައިފި

މުލަކަތޮޅު ކޮޅުފުށީގެ އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބަލަހައްޓާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން އެފަރާތްތަކަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީ ގުޅިގެން 13 ނޮވެންބަރ 2024 ވަނަ ދުވަހުގެރޭ ޚާއްޞަ ހަފުލާއެއްބާއްވައިފިއެވެ. ރަށުގެ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގައި 172 ކަނބަލުން ޙަރަކާތްތެރިވަމުން ދެއެވެ.

ކޮޅުފުށީ ޕާކު ސަރަޙައްދުގައި ބޭއްވުނު މި ޙަފުލާގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ކަނބަލުން ކޮށްދެއްވާ މަސައްކަތަކީ ބުރަ، ގޮންޖެހުންތައް ގިނަ މަސައްކަތެއްކަމަށާއި އެ މަސައްކަތަކީ ޝުކުރުން ފުރިގެންވާ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ. އަދި ބޭއްވޭ މިފަދަ ހަފުލާއަކުން އަގުވަޒަން ނުކުރެވޭނެ މަސައްކަތެއްކަމަށްވެސް ވިދާޅުވިއެވެ. އަދި މި މަސައްކަތް ކޮށްދެއްވަމުމް ކަބަލުން ގެންދަވަނީ ރަށަށް އޮންނަލޯތްބެއްގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ނަތީޢްޖާއަކީ މިރަށަކީ ސާފުތާހިރު ކަމުގެ ގޮތުން ފާހަގަކޮށްލެވޭ ރަށަކަށް ވެގެންގޮސްފައިފައިވާ ކަމެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމެޓީގެ ރައީސާގެ ވާހަކަފުޅުގައި ކޮމެޓީއަށް މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާލުން ފާހަގަކުރައްވާ ކުރިއަށްއޮތް ދުވަސްތަކުގައި ރަށުގެ އިޖުތިމާޢީ ސަރަހައްދު ސާފުކުރުމުގައި ކަނބަލުންގެ އެއްބާރުލުން ބޭނުންކަމަށް ވިދާޅުވިއެވެ.